ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: ކިންގާއި އެފްއެސްޑަބްލިޔު ސެމީ އަށް

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި، އަންގާރަ ދުވަހު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) އާއި އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެ ޓީމުންވެސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. ކިންގުން ވަނީ އަންގާރަ ދުވަހު، ސީދާ ތިން ސެޓުން ބިގް ޝޮޓް ބަލިކޮށްފަ އެވެ. އަދި އެފްއެސްޑަބްލިޔު އިންވަނީ ސީދާ ތިން ސެޓުން ފެކްޝަން ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މިއާއެކު، ފެކްޝަން އާއި ބިގް ޝޮޓް ވަނީ މުބާރާތުން ކަޓާފަ އެވެ.

ގުރޫޕު ”ސީ“ ގައި ހިމެނޭ އެފްއެސްޑަބްލިޔު އާއި ކިންގަށް ވަނީ ހަ ޕޮއިންޓު ލިބިފަ އެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި މި ދެ ޓީމު ބައްދަލުކޮށްގެން މޮޅުވާ ޓީމަކަށް، ގުރޫޕުގެ އެއްވަނަ ލިބޭނެ އެވެ.

ކިންގުން ތިން ސެޓުން މެޗު ކާމިޔާބުކުރި އިރު، ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-21، 25-14 އަދި 25-22 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކިންގުގެ ފާތިމަތު ނާސިހާ އެވެ.

ފެކްޝަން އާ ބައްދަލުކުރި މެޗުގައި އެފްއެސްޑަބްލިޔު އިން ސެޓުތައް ކާމިޔާބުކުރީ 25-14، 25-10 އަދި 25-12 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފްއެސްޑަބްލިޔުގެ އާއިޝަތު މާޖިދާ (މާޖީ) އެވެ.

ކިންގާއި އެފްއެސްޑަބްލިޔު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments