ލާސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗު މާދަމާ އަށް ފަސްކޮށްފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، މިރޭ ކުޅުމަށް ހަމަޖެހިފައިވާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު، މާދަމާ އަށް ފަސްކޮށްފި އެވެ.
މުބާރާތުގެ ތާވަލުގައިވާ ގޮތުގެ މަތިން، މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) އާއި އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން، މެޗު ފަސްކުރީ މާދަމާ ހަވީރަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭގެ 7:45 އިން ފެށިގެން، މެންދަމު 1:30 އާ ހަމަޔަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފަ އެވެ. އަދި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހަވީރު ޓީކޭ ސްޕޯޓްސް ކްލަބުން ވަނީ ސީދާ ތިން ސެޓުން ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގުރޫޕް (ކިންގް) ބަލިކޮށް، ފައިނަލަށް ދަތުރުކޮށްފަ އެވެ. ވިއްސާރަ ވުމުގެ ސަބަބުން، މި މެޗުގެވެސް ތިންވަނަ ސެޓުގައި ވަނީ ކުޑަ ވަގުތުކޮޅަކަށް ކުޅުން މެދުކަނޑާލާފަ އެވެ،