ގަމު ފުޓްސަލް ޓީމުގެ ޓްރައި-އައުޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ”ގޯލްޑަން ފުޓްސަލް ޗެލެންޖް 2025“ ގައި ވާދަކުރާ ލ.ގަމު ފުޓްސަލް ޓީމުން ޓްރައި-އައުޓްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގަމު ފުޓްސަލް ޓީމުން ޓްރައި-އައުޓްސްގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލީ މިރޭގެ ވަގުތެއްގައެވެ. އެ ޓީމުން މައުލޫމާތު ދިން ގޮތުގައި، މި ޓްރައި-އައުޓްގައި ބައިވެރިވުމުގެ ސުންގަޑިޔަކީ މި މަހު ހަތަރުވަނަ ދުވަހުގެ 18:00 އެވެ.

ގަމު ފުޓްސަލް ޓީމުން މައުލޫމާތު ދިން ގޮތުގައި، ޓްރައި-އައުޓްގައި ބައިވެރިވުމުގެ ފުރުސަތު، ގަމުގެ ކޮންމެ ކުޅުންތެރިޔަކަށްވެސް ލިބޭނެއެވެ. އަދި ބައިވެރިވުމަށް 9994570 އަށް ”ވަޓްސް އެޕް“ އިން މެސެޖް ކުރުމަށް ޓީމުގެ މެނޭޖްމަންޓުން ވަނީ އަންގާފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތުގައި ގަމު ފުޓްސަލް ޓީމުން ބައިވެރިވެފައިވަނީ ހައްދުންމަތީ ގަމު ކައުންސިލުގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ. އެގޮތުން، ޓީމަށް ހަރަދު ކުރުމުގެ އިތުރުން، ޓީމުގެ އެހެނިހެން ކަންކަން ބެލެހެއްޓުމަށް ކައުންސިލުން ހަރަކާތްތެރިވާނެއެވެ.

ގަމު ފުޓްސަލް ޓީމަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ. އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފައިނަލުގައި ގަން ވަނީ ބ.އޭދަފުށި އަތުން ބަލިވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
2 Comments
Oldest
Newest Most Voted
Rtueeggcfhwd Very twdhduddd nqddr
Rtueeggcfhwd Very twdhduddd nqddr
1 year ago

grgD
D dder

vrgj
vrgj
1 year ago

Ydttyd drrdyw.urgwbdgw BT
hhtwbfdwrr tree g v..rdeyrwg