ގަމު މަތިމަރަދޫ އަދި ތުނޑިން ދޫކުރާ ގޯތިތަކުގެ ގުރު ނެގުން މާދަމާ

ހައްދުންމަތީ ގަމު މަތިމަރަދޫ އަދި ތުނޑިން ދޫކުރާ ގޯތިތަކުގެ ގުރު ނެގުން މާދަމާ އޮންނާނެ ކަމަށް ގަމު ކައުންސިލުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

2019 ވަނަ އަހަރު ގަމު ކައުންސިލުން ވަނީ 2000 އަކަފޫޓުގެ ގޯތިދޫކުރުމަށް ނިންމާފައެވެ. އަދި އޭގެ ފަހުން، ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހުއްދަ އާއެކު އެ ގޯތިތަކުގެ ސައިޒު ވަނީ 4000 އަކަފޫޓަށް ބޮޑުކޮށްފައެވެ.

ގަމު ކައުންސިލުން މައުލޫމާތު ދިންގޮތުގައި، ގޯތިތަކުގެ ސައިޒު ބޮޑުކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ލޭންޑް ޔޫސް ޕްލޭން ވަނީ ފާސްކުރެވިފައެވެ. އަދި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްފައިވާއިރު، ތުނޑި އަދި މަތިމަރަދޫ އަވަށުން ގޯތިދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަށް ވަނީ ބަދަލެއް އައިސްފައެވެ. ނަމަވެސް، މުކުރިމަގުން ގޯތިދޫކުރާ ސަރަހައްދަށް ބޮޑު ބަދަލެއް އައިސްފައިނުވާތީ، އެ ސަރަހައްދުން އަލުން ގުރު ނަގަން ނުޖެހޭނެކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ގަމު ކައުންސިލުން ކުރި އިއުލާނެއްގައިވާ ގޮތުން، ތުނޑި އަވަށުން ގޯތި ލިބޭ ފަރާތްތަކުގެ ގުރު ނެގުން މާދަމާ ހެނދުނު 10:00 އިން 12:00 އަށް ކުރިޔަށްދާނެއެވެ. އަދި މަތިމަރަދޫ އަވަށުން ގުރު ނެގުން ކުރިޔަށް ދާނީ މާދަމާ މެންދުރު 14:00 އިން 16:00 އަށެވެ. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް މި ލިންކުން ލިބޭނެއެވެ.

މަތިމަރަދޫގެ ދެ ސަރަހައްދަކުންނާއި ތުނޑީ ދެ ސަރަހައްދަކުން ގުރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. މަތިމަރަދޫން ގުރު ނަގާނީ ސިނާއީ މަގުގެ ހުޅަނޑު ފަރާތުންނާއި އިރުމަތީ ފަރާތުންނެވެ. އަދި ތުނޑިން ގުރު ނަގާނީ ސިނާއީ މަގުގެ އިރުމަތިންނާއި އަވަށުގެ އުތުރު ފަރާތުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments