ތިމާގެކަމުގެ ގުޅުން ކަނޑައިފި މީހާގެ ބަދުނަސީބުކަމާއެވެ.

އެކުވެރިންނާއި، ބައިވެރިންނަކީ އަހުރެމެން އަމިއްލައަށް އިހުތިޔާރުކޮށް ހިޔާރުކުރާ ބައެކެވެ. ބޭނުންވީމާ ގުޅެންވީއެވެ. ބޭނުންވީމާ ވަކިވާންވެސް ވީއެވެ. އެއާއި ހިލާފަށް ތިމާގެކަން ނުވަތަ ރަހިމުގެ ގުޅުމަކީ އަހަރެމެން އަމިއްލައަށް އިހުތިޔާރުކުރާ ގުޅުމެއް ނޫނެވެ. އެއަށްވުރެ މަތިން ރޭވި ތަރުތީބުވެގެން އަންނަ މާތް ގުޅުމެކެވެ.

އެއްވެސް މަޔަކަށް ނުވަތަ ބަފަޔަކަށް އެމީހެއްގެ ދަރިން ހިޔާރުކުރުމުގެ އިހުތިޔާރެއް ނޯވެއެވެ. އެއްވެސް ދަރިއަކަށް އޭނާގެ މައިންބަފައިން ހިޔާރުކުރުމުގެ އިހުތިޔާރެއްވެސް ނުލިބެއެވެ. ކާފަ މާމައާއި، ބޮޑުބޭބެ ބޮޑުދައިތައެއް ކިޔާނެ ކަމެއްނެތެވެ. ލޭގެ ގުޅުމުގެ ހާރު އެމުނި ގެތި ފުރިހަމަވެގެން ދިއުމުގައި އެމީހަކު ކުރާނެ ނުވަތަ ކުރެވޭނޭ ހަމަ އެއްކަމެއް ނޯންނާނެއެވެ.

ވީއިރު ތިމާގެމީހާއަށްވުރެ ހިލޭމީހާއަށް އިސްކަންދެވި ތިމާގެ މީހާގެ ހާލު ބަލައިނުލެވި، ނުވަތަ ހާލު އެނގުނަސް އަޅައިނުލެވި އޮންނަ އޮތުމަކީ ދެރަކަމެކެވެ. ބައެއް މީހުން ބުނާތީ އަހަމުއެވެ. ”ތިމާގެ ވާނީ އެކޮޅުންވެސް އެވަރު ބަލަންޏާ ތާއެވެ.“ ކޮއިފުޅާ ނޫނެކެވެ. އެކޮޅުން ނުބެލިޔަސް މިކޮޅުން ބަލާށެވެ. އެކޮޅުން ނުދިނަސް މިކޮޅުން ދޭށެވެ. އެކޮޅުން ޖެހިޔަސް މިކޮޅުން ނުޖަހާށެވެ. އަނެކާ ކަންކުރާގޮތެއް ބަލާނެކަމެއްނެތެވެ. ތިމާއަށް ވީ އެންމެ ރަނގަޅަކަށް ގާތްތިމާގެ މީހުންނައިމެދު ކަންތައް ކުރުމުން ހުންނާނީ ރަނގަޅަށެވެ.

ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީނު ނުހަނު ބާރުއަޅާ ތަޤުވާވެރިކަމާ ގުޅިފައިވާ މާތް މަތިވެރި ގުޅުމެކެވެ. އެހެންކަމުން ތިމާގެކަމުގެ ނުވަތަ ރަހިމުގެ ގުޅުން ކަނޑައިފި މީހާގެ ބަދުނަސީބުކަމާއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments