މާލީގޮތުން ބާރުވެރިކުރުވުމަށް މާވަށު ކައުންސިލަށް ފަޅު ރަށެއް ހަވާލުކޮށްފި

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުން ހައްދުންމަތީ މާވަށު ކައުންސިލް ހިމެނޭހެން ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަޅު ރަށްތައް ހަވާލުކޮށްފައިވަނީ މާވަށު ކައުންސިލާއި ދ.އަތޮޅު ކައުންސިލްގެ އިތުރުން ރ.އިނގުރައިދޫ ކައުންސިލާއެވެ.

ފަޅު ރަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި މާވަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، އަހުމަދު މޫސާ އެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ފިނޭންސް އެންޑް ޕްލޭނިންގ، އަހުމަދު މާޒިން އެވެ.

މާވަށު ކައުންސިލާ ހަވާލުކުރި ފަޅު ރަށަކީ ލ. ބޮޑުމާބުޅާލި އެވެ. މި ރަށް ދޫކޮށްފައި ވަނީ ”މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު“ ގެ ދަށުންނެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމުގެ ފުރުސަތު މިހާރުވެސް އޮތީ ހުޅުވާލައިފައެވެ. އެގޮތުން، ކައުންސިލްތަކަށް ދޫކުރުމަށް ޖުމްލަ 28 ރަށެއް ވަނީ ކަނޑައަޅާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments