ލާމު އަތޮޅުގައި ބާއްވާ ބޭސިކް ރޭންޖަރޒް ޓްރެއިނިންގް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެންދެރި މަޝްރޫޢާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ތަޢާރަފް ކޮށްފައިވާ ބޭސިކް ރޭންޖަރސް ޓްރެއިނިންގް ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގާ އެއް މަސް ދުވަހުގެ މި ތަމްރީނުގެ މަގުސަދަކީ ލާމު އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމެވެ.
އެގޮތުން،ފުރަތަމަ ބުރު ލާމު އަތޮޅުގައި ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ލާމު އަތޮޅުގެ ކޮންމެ ރަށަކުން އެއް ބައިވެރިއެއް ހޮވުމަށް، އަދި އަންހެން ބައިވެރިން ހޮވުމަށް އިސްކަންދޭނެއެވެ.
މީގެއިތުރުން، ނިޔަމި 2 ގެ ސެޓްފިކެޓް ވެސް ހިމެނޭ މި ކޯހުގެ 20 ޖާގައަށް ހޮވޭ ކޮންމެ ފަރާތަކަށް އެލަވެންސްގެ ގޮތުގައި 4500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑި އަކީ މިމަހު 27 ގެ 14:00 އެވެ. އެޕްލިކޭޝަން ފޮނުވާނީ [email protected] އަށެވެ.