ރާސް ޗެމްޕިއަންޝިޕް ކުރިއަށް ދަނިކޮށް ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
Raas championship kuriah dhankoh cycle eh controll in nehtti moodah vehtihjje

ރާސް ޗެމްޕިއަންޝިޕްގެ ހަރަކާތްތައްތަކުގެ ތެރެއިން، ދުއްވައިފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓި ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި ވެއްޓުނު ސައިކަލު ދުއްވަން އިނީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އެ ސަރަހައްދަށް އެމްބިއުލާންސް ދިޔުމަށް މަސައްކަތް ކުރި ނަމަވެސް، މަގު ފުރިފައި އޮތުމުގެ ސަބަބުން އެމްބިއުލާންސަށް އެތަނަށް ދެވުނީ ވަރަށް ބޮޑު އުނދަގުލަކަށް ފަހުގައެވެ.
ރޭހުގެ ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ފުލުހުން ނެތުމުގެ ސަބަބުން އާންމުންގެ ފަރާތުން ބޮޑެތި ޝަކުވާތަކެއް ވަނީ ފެންމަތިވެފައެވެ. ނަމަވެސް، އިވެންޓް އިންތިޒާމު ކުރި ފަރާތުން ބުނެފައިވަނީ މި ހަރަކާތް ކުރިއަށް ގެންދިޔައީ ފުލުހުންނާ ކޯޑިނޭޓް ކޮށްގެން ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ސްޓޭޝަނަށް ގުޅައި މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް އެކަށީގެންވާ ޖަވާބެއް ލިބިފައެއް ނުވެއެވެ.




