ލ.ގަމުގައި އައި ކެއަރގެ ގޮތްޕެއް ހުޅުވައި، އައި ކޭންޕެއް ބާއްވަނީ

ލ.ގަމުގައި އައި ކެއަރގެ ގޮތްޕެއް ހުޅުވައި، އައި ކޭންޕެއް ބޭއްވުމަށް ނިންމައިފިއެވެ.
އައިކެއަރގެ އައު ގޮފި ހުޅުވުމަށް ހަމަޖެހިފައިވަނީ ގަމުގެ މަތިމަރަދޫ އަވަށުގައެވެ. އައިކެއަރގެ އައު ގޮފީގެ ”ގްރޭންޑް އޯޕެނިންގް“ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 08:30 ގައެވެ. އެގޮތުން، އައި ކެއަރއިން ވަނީ ފެބްރުއަރީ 23 އިން 27 އަށް ހިލޭ ލޮލުގެ ކޭމްޕެއް ބޭއްވުމަށް ވެސް ނިންމާފައެވެ.
މި ލޮލުގެ ކޭމްޕްގައި ހިލޭ ލޮލުގެ ނަމްބަރު ނެގުން، ގްލައުކޮމާ އަދި ރެޓިނާގެ މައްސަލަތައް ހުރިތޯ ޗެކްކުރުން، ލޮލުގެ ޕްރެޝަރ ޗެކްކުރުމުގެ އިތުރުން، ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތްދިނުން ހިމެނެއެވެ. މިކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް ގުޅާނީ 7220652 އަށެވެ.