ސްޓަރ ޖަމިއްޔާއިން ގަމުގެ ތިން ސްކޫލަކަށް ސްމާޓް ޓީވީ ހަދިޔާކޮށްފި

ސޮސައިޓީ ފޯރ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) ޖަމިއްޔާއިން އިސްނަގައިގެން ގަމުގެ ތިން ސްކޫލަކަށް ސްމާޓް ޓީވީ ހަދިޔާކޮށްފިއެވެ.
ސްޓަރ ޖަމިއްޔާއިން އިސްނަގައިގެން، މިނިސްޓްރީއޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އަރޓްސްގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ ”ސްކޫލްތަކަށް ޓީ.ވީ ހަދިޔާކުރުމުގެ ޙަރަކާތް“ ގެ ދަށުން ލ. ގަމުގެ ތިން ސްކޫލަށް ޖުމްލަ 15 ސްމާރޓް ޓީ.ވީ ވަނީ ހަދިޔާކޮށްފައެވެ.
ސްޓަރ ޖަމިއްޔާއިން ސްމާޓް ޓީވީ ހަދިޔާކުރީ އިހައްދޫ ސްކޫލު، ހަމަދު ބިން ޚަލީފާ އަލް ޘާނީ ސުކޫލް އަދި މުކުރިމަގު ސުކޫލަށެވެ. އެގޮތުން ކޮންމެ ސުކޫލަކަށް ފަސް ޓީވީ ހަދިޔާކޮށްފައިވާއިރު، ހަދިޔާކޮށްފައިވަނީ 50 އިންޗީގެ ޓީ.ސީ.އެލް ބުރޭންޑްގެ ސްމާޓް ޓީވީއެވެ.