”ސްޓްރީޓް ސްކޯ 2025“ އަންނަ މަހު ތިންވަނަ ދުވަހު ފަށަނީ

ހައްދުންމަތީ ހިތަދޫގައި ކުރިޔަށްގެންދާ ”ސްޓްރީޓް ސްކޯ 2025“ އަންނަ މަހު ތިންވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

”ސްޓްރީޓް ސްކޯ“ އަކީ ހިތަދޫ ރަށްވެހިންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިޔަށް ގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތެކެވެ. މިއީ މި މުބާރަތް ބާއްވާ ތިންވަނަ އަހަރެވެ.

މި މުބާރާތް އެންމެ ފުރަތަމަ ކުޅެފައިވަނީ ކުޑަ ގޯލަށެވެ. ނަމަވެސް، މިއީ ފުޓްސަލް އަށް ބަދަލުކޮށް، މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަން ކުރިޔަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަ ޓީމުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަނުގައި ވާދަކުރަނީ ހަތަރު ޓީމެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަނީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments