މިފަހަރުގެ ޢީދުގައި ގަމާއި މާވަށް ހިމެނޭހެން ކޮންމެ އަތޮޅަކުން ދެ ރަށް ދިއްލާލަނީ

ޢީދާ ދިމާކޮށް ރަށްތައް ދިއްލާލުމުގެ ހަރަކާތުގެ ތެރެއިން ލ. ގަމާއި މާވަށް ހިމެނޭހެން ކޮންމެ އަތޮޅަކުން އިތުރު ދެ ރަށް ދިއްލާލުމަށް ނިންމައިފިއެވެ.
މިއަހަރުގެ ”ޢީދުއަލި“ ހަރަކާތައް ޢީދުލައިޓް ފޮނުވަން ހަމަޖެހިފައިވަނީ ކޮންމެ އަތޮޅެއްގެވެސް އެންމެ އާބާދީ ބޮޑު ދެރަށަށެވެ. އެގޮތުން، ލ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސަރުކާރުން އީދުލައިޓް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ލ.ގަމާއި ލ. މާވަށަށްށެވެ.
ރާއްޖޭގެ ރަށްތަކުގައި ޢީދުގައި ލައިޓްތަކުން ދިއްލާލުމުގެ މަސައްކަތަކީ މީގެކުރިން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން، އެންމެ ފުރަތަމަ ޢީދު ލައިޓްތައް ދިއްލާފައިވަނީ މާލޭ ސަރަހައްދުގައި އެކަންޏެވެ. ނަމަވެސް، ޢީދު ލައިޓުން މަގުތައް ޒިނަތްތެރިކުރުމުގެ މަޝްރޫއު މިހާރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށްފައެވެ.
ޢީދުގައި ދިއްލާލާ ލައިޓްތައް ހާއްސަވަނީ އިސްލާމީ ޝިއާރާއި ތަކުބީރުގެ އަޑުވެސް ހިމެނޭތީއެވެ.