ގަމުގައި އައިކެއާގެ އައު ގޮފި ރަސްމީކޮށް ހުޅުވައިފި

ލ.ގަމުގައި އައިކެއާގެ އައު ގޮފި ރަސްމީކޮށް ހުޅުވައިފިއެވެ.

ގަމުގައި އަލަށް މި ހުޅުވި އައިކެއާގެ އައުޓްލެޓުން ފްރޭމް އަދި އަވި އައިނުގެ 30 ޕަސެންޓްގެ އެކްސްކްލޫސިވް ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި އަންނަ މަހު 8 އަކަށެވެ.

އައިކެއާގެ އައު ގޮފި ހުޅުވާފައިވަނީ ގަމުގެ މަތިމަރަދޫ އަވަށު، ގަމު ރީޖަނަލް ހޮސްޕިޓަލް ކުރިމަތީގައެވެ.

އައި ކެއަރއިން ވަނީ ފެބްރުއަރީ 23 އިން 27 އަށް ހިލޭ ލޮލުގެ ކޭމްޕެއް ބޭއްވުމަށް ވެސް ނިންމާފައެވެ. މި ލޮލުގެ ކޭމްޕްގައި ހިލޭ ލޮލުގެ ނަމްބަރު ނެގުން، ގްލައުކޮމާ އަދި ރެޓިނާގެ މައްސަލަތައް ހުރިތޯ ޗެކްކުރުން، ލޮލުގެ ޕްރެޝަރ ޗެކްކުރުމުގެ އިތުރުން، ނަމްބަރު އައިނު ހެއްދުމުގެ ޚިދުމަތްދިނުން ހިމެނެއެވެ.

މިކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް ގުޅާނީ  7220652 އަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments