ގަމުގައި ބޮޑު ނާސަރީއެއް ހަދައި، އެއް މިލިއަން ގަސް އިންދަނީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލ.ގަމުގައި ބޮޑު ނާސަރީއެއް ހެދުމަށްފަހު، އެއް މިލިއަން ގަސް އިންދުމަށް ނިންމައިފިއެވެ.

މިއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އެޗްޑީސީން ހިންގާ މަޝްރޫއެކެވެ. އެގޮތުން އެޗްޑީސީއިން ވަނީ އެއް މިލިއަން ގަސް އިންދުމަށް ޕްލެޖްގައި ސޮއިކޮށްފައެވެ.

ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.

އެޗްޑީސީގެ އަމާޒަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރަށްތައް ފެހިކުރުމާއެކު، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
’
2 months ago

= ރާލމަޟާން މަހުގެ ތަޚްނިއާ މެސެޖް =
މިބްރާންޗްގެ ލޮބުވެތި އެންމެހައި ވައްޒަފުންނަށް ﷲ ސ.ވ ގެ އިރާ