ރޯދަ މަހަށް ޚާއްސަކޮށްގެން އައި.ވައި.ޑީ އިން ދީނީ ކުއިޒެއް ބާއްވަނީ

ރަމަޟާން މަހަށް ޚާއްސަކޮށްގެން އިސްދޫ ޔޫތު ޑިވެލޮޕްމެންޓް (އައި.ވައި.ޑީ) އިން ދީނީ ކުއިޒެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

އެގޮތުން، އައި.ވައި.ޑީ އިން މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އެ ޖަމްޢިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖަށް ދީނީ ސުވާލެއް އަޕްލޯޑްކުރާނެއެވެ. އަޕްލޯޑް ކުރާ ސުވާލަށް ޖަވާބުދެއްވާ ފަރާތްތަކުގެ ތެރެއިން، އެންމެ ގިނަ ޖަވާބު ދިމާކުރާ ފަރާތަކަށް 2000 ރުފިޔާ، ދެވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 700 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުއިޒްގައި އަންނާނީ މުޅިންވެސް ދީނީ ސުވާލެވެ. ޖަވާބު ދެއްވުމަށް ކޮންމެ ދުވަހެއްގެވެސް އައި.ވައި.ޑީ ފޭސްބުކް ޕޭޖް އިން އަޕްލޯޑް ކުރާ ސުވާލަށް ކޮމެންޓް ކޮއްގެން ޖަވާބު ދެވޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments