ފޮނަދޫ މަގުތަކުގެ ކާނުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި
Fonadhoo maguthakuge kaanuthah saafukohdheyne faraatheh hoadhan iulaanukohffi

ލ. ފޮނަދޫގެ މަގުތަކުގައި ހުރި ކާނުތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
ފޮނަދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ކައުންސިލުގައި ރަޖިސްޓްރީވެ، 150 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެން ބިޑް ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 08 ސެޕްޓެމްބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށް ހަމަޖެހިފައިވަނީ ހާއްސަ ގޫގްލް ފޯމެއް މެދުވެރިކޮށެވެ.
މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެ ކަމަށާއި، ބީލަމާ ބެހޭ މައުލޫމާތު ކަރުދާސް ސަރުކާރުގެ ގެޒެޓާއި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ އީމެއިލް މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ގަޑިއަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ.




