ލާމު އެމްވީ ސުފުރާ : ފަލޫދާ

ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމުސާ އިސްބަގުލު
- 1/2 ޖޯޑު ފެން (އިސްބަގުލު ފޯކުރުމަށް)
- 2 މޭޒުމަތީ ސަމުސާ ވާމިސެލީ
- 1 ޖޯޑު ފެން (ވާމިސެލީ ކެއްކުމަށް)
- 4 މޭޒުމަތީ ސަމުސާ ރޯސް ސިރަޕް
- 2/3 ޖޯޑު ފުލް ކްރީމް ކިރު
- 4 މޭޒުމަތީ ސަމުސާ ގެރިކިރު
- 1/2 ޖޯޑު ވެނީލާ އައިސް ކްރީމް
- ކުދިކޮށް ކޮށާފައި ހުރި ޕިސްޓާޝިއޯ
ތައްޔާރުކުރާނެ ގޮތް:
އިސްބަގުލު ފޯކުރުން:
1/2ޖޯޑު ފެނަށް 2 މޭޒުމަތީ ސަމުސާ އިސްބަގުލު އަޅައި، 30 މިނެޓަށް ބަހައްޓާށެވެ.
ފޯވުމުން އޮށްތައް ބޮޑުވެ، ބޭރުގައި އަޅިކުލައިގެ އޮލަ ފަށަލައެއް އުފެދޭނެއެވެ.
ވާމިސެލީ ކެއްކުން:
ކުޑަ ތެއްޔެއްގައި 1 ޖޯޑު ފެން އަޅައި، 3 މިނެޓަށް ގަދަ ގިނީގައި ކައްކާށެވެ.
ފެން ކެކެން ފެށުމުން، 2 މޭޒުމަތީ ސަމުސާ ވާމިސެލީ އަޅައި، 2 މިނެޓު ނުވަތަ މެދުމިނަށް މަޑުވަންދެން ކައްކާށެވެ.
ފެން ފުރާނާލުމަށްފަހު ވަކިން ބަހައްޓާށެވެ.
ފަލޫދާ އެއްކުރުން:
ދިގު ބިއްލޫރި ތަށްޓަކަށް އަންނަނިވި ތަކެތި އަޅައި، ރަނގަޅަށް އެއްކުރާށެވެ:
ފޯކޮށްފައިވާ އިސްބަގުލު: 2 މޭޒުމަތީ ސަމުސާ
ކައްކާފައިވާ ވާމިސެލީ: 2 މޭޒުމަތީ ސަމުސާ
ރޯސް ސިރަޕް: 2 މޭޒުމަތީ ސަމުސާ
ގެރި ކިރު: 2 މޭޒުމަތީ ސަމުސާ
ފުލް ކްރީމް ކިރު: 3/1 ސައިސަމުސާ
ފަލޫދާ ޒީނަތްތެރިކުރުން:
ތައްޔާރުކޮށްފައިވާ ފަލޫދާގެ މައްޗަށް 1/4 ޖޯޑު ވެނީލާ އައިސް ކްރީމް އަޅާށެވެ.
އޭގެ މަތިން ކުދިކޮށް ކޮށާފައިވާ ޕިސްޓާޝިއޯ ޖަހާށެވެށެވެ.