ލާމު އެމްވީ ސުފުރާ : ބަނާނާ ސްމޫތީ

ބޭނުންވާ ތަކެތި:

  • 2 ރަނގަޅަށް ދޮންވެފައި ހުރި ދޮންކެޔޮ
  • ފުލް ކްރީމް ކިރު
  • އައިސް ކިޔުބް
  • 1/3 ޖޯޑު ޕްލެއިން ޔޯގަރޓް
  • 1/4 ޖޯޑު އަލްމަންޑް
  • 1 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ދޮންކެޔޮ ބޮޑެތިކޮށް ކޮށާލާށެވެ. ސްމޫތީ އެންމެ މީރު ވާނީ ރަނގަޅަށް ދޮންވެފައި ހުންނަ ދޮންކެޔޮ ބޭނުން ކުރީމައެވެ.

ދެން މިކްސަރެއް ނަގާ އެއަށް ކުރިން ކޮށާލި ދޮންކެޔޮ، ކިރު ޕެކެޓު، އައިސް ކިޔުބް، ޕްލެއިން ޔޯގަރޓް، ވެނީލާ އެސެންސް، އަލްމަންޑް، އަދި މާމުއި އަޅާލާށެވެ.

ދެން އެންމެފަހު ކަމަކަށް، ހުރިހާ އެއްޗެއް 45 ސިކުންތު ވަންދެން ނުވަތަ އެއްކޮށް އެއްވެ ކްރީމީކޮށް ހުންނަ ވަރަށް ގިރާލާށެވެ. އެންމެ ފުރިހަމައަށް ގިރުމަށްޓަކައި، މިކްސަރުގެ އެންމެ މަޑު ދުވެލިން ފަށައިގެން މަޑުމަޑުން ދުވެލި ބާރުކުރަމުން ދާށެވެ. ގިރުމުގެ މެދުތެރެއިން ސަމުސަލަކުން ކުޑަކޮށް ގިރާލުމުން ވެސް ފަސޭހަ ވާނެއެވެ.

ގިރާ ނިމުމުން، ތަށްޓަކަށް އަޅާ ހިތްގައިމު ބަނާނާ ސްމޫތީ ތައްޔާރެވެ. ބޭނުން ނަމަ މަތިން ކުޑަކޮށް މާމުއި އަޅާލުމުން އިތުރަށް ރީތިވާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments