ފޮނަދޫގެ މަސްޖިދުލް ޢުލާގައި މިއަދު އިމާމުވެ ހުކުރު ކުރެއްވީ މަޖިލިސް ރައީސް އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނުގެ އުފަން ރަށް ލ.ފޮނަދޫގައި އިމާމުވެ ހުކުރު ކުރައްވައިފިއެވެ.

ފޮނަދޫ މަސްޖިދުލް ޢުލާގައި އިމާމުވެ ނަމާދުކޮށް ، އެމަނިކުފާނު ޙުތުބާ ދެއްވިއިރު، އެ މިސްކިތުގެ އިމާމަކަކީ އެމަނިކުފާނުގެ ކޮއްކޮ އަބްދުލް ކަރީމް އަބްދު ﷲ އެވެ. އެމަނިކުފާނަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހުކުރު ކުރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ.

މީގެ ކުރިންވެސް، އެމަނިކުފާނު ފޮނަދޫގައި އިމާމުވެ، ހުކުރު ކުރައްވައެވެ. މިއީ، މަޖިލިސް ރައީސްގެ މަގާމު ލިބިވަޑައިގަތް ފަހުން އިމާމުވެ، ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments