ގަމު ޑަބްލިއުޑީސީ ހޭންޑް ބޯޅަ މުބާރާތް: ގޯޅި އާއި ކިއުއެމް އަށް ރަނގަޅު ފެށުމެއް
Gamu WDC Handball mubaaraai: Goalhi aai QM ah rangalhu feshumeh

ލ.ގަމު ޑަބްލިއުޑީސީ އިން އިންތިޒާމުކޮށްގެން ބާއްވާ ގަމު ޑަބްލިއުޑީސީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ގޯޅި ސްޕޯޓްސް ކްލަބާއި ކިއުއެމް ސްޕޯޓްސް އެކަޑަމީން ފެށުން ރަނގަޅު ކޮށްފި އެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ގޯޅި ސްޕޯޓްސް ކްލަބުން ނުކުތީ ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ.
އެ މެޗު ގޯޅިން ކާމިޔާބުކުރީ 30-26 އިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ،އެޕެކްސް އޮތީ ދެ ގޯލުގެ ތަފާތުން ކުރީގަ އެވެ. އެއީ 12-14 އިންނެވެ. އެކަމަކު ދެވަނަ ހާފުގައި ގޯޅިން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑު ލީޑެއް ނަގައި މެޗު ކާމިޔާބުކޮށްފަ އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ކިއުއެމް ސްޕޯޓްސް އެކަޑަމީން ނުކުތީ ކުނަހަންދޫ ހޭންޑްބޯލް ޓީމާ ދެކޮޅަ ށެވެ. މި މެޗު ކިއުއެމް އިން ކާމިޔާބުކުރީ 27-05 ގެ ބޮޑު ތަފާތަކުން ނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ކިއުއެމް އިން ވަނީ 19 ގޯލު ޖަހައިފަ އެވެ.
މި މުބާރާތުގައި މިރޭ ވެސް ދެމެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ގޯޅި ސްޕޯޓްސް ކްލަބުން ނުކުންނާނީ ލާސާ ނިއު ޖެނެރޭޝަންއާ ދެކޮޅަ ށެވެ. ދެވަނަ މެޗުގައި ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީން ނުކުންނާނީ ކިއުއެމް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަ ށެވެ.




