މާބައިދޫ ކައުންސިލް މަދަހަ މުބާރާތުގެ އެއްވަނަ އަށް އުމްރާ ދަތުރެއް!

ލ.މާބައިދޫ ކައުންސިލްގެ މަދަހަ މުބާރާތުގެ އެެއްވަނަ އަށް ހިލޭ އުމްރާ ދަތުރެެއް ދިނުމަށް ނިންމައިފިއެވެ.
މުބާރާތުގެ އެއްވަނަ އަށް ހިލޭ އުމްރާ ދަތުރު ދެނީ މުބާރާތުގެ މެއިން ސްޕޮންސަރ، ދަތުވެރިޔާ ހައްޖު އަދި އުމްރާގެ ފަރާތުންނެވެ.
މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ”ވިދާތަރި“ ނަމުގައި މަދަހަ މުބާރާތެއް ކައުންސިލުން ފަށައިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 15 އަދި 16 ދެ ދުވަހުގައެވެ.
މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޫޕް މަދަހަ ސީނިޔާ އަދި ޖޫނިޔާ ބައިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި ގްރޫޕް މަދަހަ ހުށަހެޅުންތަކުން ދެ ގޮފިން އެއްވަނަ ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 10 ވަނަ ދުވަހުގެ 12:15 ގެ ކުރިންނެވެ.