ދިރާގު ގުޑިފެސްޓް ގަމުގައި ބާއްވަނީ
Dhiraagu gudifest gamugai baahvanee

ދިރާގު ގުޑިފެސްޓް ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހު ހަވީރު 04:00 އިން 17:00 އަށް ގަމު ޒޯން ސްޓޭޑިއަމްގައެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ކޮންމެ ބައިވެރިއަކަށް ދިރާގުގެ ފަރާތުން ހިލޭ ގުޑިއެއް ލިބޭނެއެވެ.
2023 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ގުޑިފެސްޓް ހަރަކާތް ބާއްވަމުންނެވެ. މިހަރަކާތުގެ މަގުސަދަކީ ރަމަޟާން މަހު ދިވެހިންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއްގެ ގޮތުގައި ފެނިގެންދާ ގުޑިއެރުވުމަށް އަހުލުވެރިކުރުވުމެވެ.