ރޯވި ބޯޓުގައި ދަތުރުކުރި ޒުވާނަކު ގެއްލިގެން ހޯދަނީ

Roavi boat gai dhathurukuri zuvaanaku gehligen hoadhany

މާލެ ދަތުރުކުރަމުން ދިޔަ މާވަށު ”ހޮޅުދޫ ބޯޓު“ ގައި ރޯވެ އަނދަމުންދާއިރު، ބޯޓުގައި ދަތުރުކުރަމުން ދިޔަ ޒުވާނަކު ގެއްލިގެން ހޯދާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޖުމްލަ 18 މީހުނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓުގައި އަލިފާން ރޯވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. މި ބޯޓުގައި އަލިފަންރޯވީ ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށެވެ.

ހޮޅުދޫ ބޯޓުގައި ދަތުރުކުރަމުންދިޔައީ މާވަށު 11 މީހުނާއި ބިދޭސީ 7 މީހުނެވެ. އޭގެތެރެއިން ދެ މީހަކަށް ތ.ކަނޑޫދޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ. އަދި އެކަކު ގެއްލިފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުން ދަނީ ލ.މާވަށު، އުމުރުން 25 އަހަރުގެ މުޝްފިގް މުހައްމަދެވެ.

މާވަށު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، އެންމެ ފުރަތަމަ އަލިފާން ރޯވީ ލައިފްޖެކެޓުތައް ބަހައްޓާފައިހުރި ތަނުގައެވެ. އެހެންކަމުން، އެއްވެސް މީހަކަށް ލައިފްޖެކެޓުތައް ލިބޭ ގޮތެއް ނުވިއެވެ. އަދި ދެ މިނެޓެއްހާ ވަގުތުތެރޭގައި މުޅި ބޯޓަށް އަލިފާންގަނޑު ފެތުރުނު ކަމަށް ”ލާމު އެމްވީ“ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted