ބޮޑު މޮޅަކާއެކު ލަސާ ފައިނަލާ ގާތަށް، ބެސްޓަށް މުހިންމު މޮޅެއް

Bodu molhakaa eku LASA final aa gaathah, BEST ah muhinmu molheh

ޑަބްލިޔުޑީސީ ފުޓްސަލް ޓޯނަމެންޓް 2025 ގައި ރޭ ބޮޑު މޮޅަކާއެކު ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) ފައިނަލާ ގާތަށް ޖެހިލިއިރު، ބެސްޓް ސްޕޯޓްސް ކްލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.

ލަސާ އިންވަނީ ރޭ 18-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ) ބަލިކޮށްފައެވެ. އަދި ބެސްޓުން ވަނީ 7-0 ގެ ނަތީޖާއަކުން ލާމު ބްލޫސްގެ މައްޗަށް ކުރިހޯދާފައެވެ. މި ނަތީޖާއާއެކު ލަސާ އިންވަނީ އެއްވަނައިގައި ހަތް ޕޮއިންޓު ހޯދާފައެވެ. އަދި ބެސްޓް ވަނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.

ރޭގެ މެޗުގައިވެސް ލަސާގެ މަރިޔަމް ނޫރާ އާއި ފާތިމަތު ތީބާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އެގޮތުން، މި ދެ ކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިޔަކު ވަނީ އަށް ލަނޑު ޖަހާފައެވެ. މީގެއިތުރުން، އެ ޓީމުގެ އާއިޝަތު ޒައިކާ ލަނޑެއް ޖެހިއިރު، ޖީސީއާރުސީގެ ޝަކީބާ އިސްމާއީލް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލަސާގެ ނޫރާ އެވެ.

ބެސްޓާއި ލާމު ބްލޫސް ބައްދަލުކުރި މެޗުގެ

ބެސްޓާއި ލާމު ބްލޫސް ބައްދަލުކުރި މެޗުގެ ތެރެއިން

މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހައްވާ ޝާއިގާ ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ މަރިޔަމް ނިޝާނާ، އާއިޝަތު ސަމާ އަދި ސުމައްޔާ ބިންތި އަބްދުލް ހަމީދެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބެސްޓާއި ޖީސީއާރުސީ އެވެ. އަދި ދެވަނަ މެޗުގައި ލަސާ ނިކުންނާނީ ރޯސް އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments