އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް އުޒްބެކިސްތާނަށް

IPU Assembly gai baiverive vadaigathumah majlis raees uzbekistan ah

އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އުޒްބެކިސްތާނަށް ފުރާވަޑައިގެންފިއެވެ.

އުޒްބެކިސްތާނުގެ ތަކްޝެންގައި މިއަދު ފަށާ މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސްގެ އަރިހުގައި މަޖިލީހުގެ ގަސް މެންބަރުން ވަޑައިގެންނެވިއެވެ.

އެ މެންބަރުންނަކީ ހިތާދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފެވެ.

އައިޕީޔޫގެ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މި އެސެމްބްލީގައި އައިޕީޔޫގެ ގަވަރނިންގް ކައުންސިލާއި ސްޓޭންޑިންގ ކޮމިޓީތަކާއި މަޖިލިސްތަކުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެސެމްބްލީގައި ރަސްމީކޮށް ބަހުސްކުރުމަށް ހަމަޖެހިފައިވަނީ ’ޕާލަމެންޓްރީ އެކްޝަން ފޯ ސޯޝަލް ޑިވެލޮޕްމެންޓް އެންޑް ޖަސްޓިސް‘ މި މައުޟޫއުއަށެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted