ދި ހޯކްސް ލީޑް ވެޓެރަންސް ކަޕުގެ ގުރު ނަގައިފި

The Hawks LYD Veterans Cup ge guru nagaifi

ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ “ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ” ގެ ގުރު ނަގައިފިއެވެ.

އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރު ނަގާފައިވަނީ ރޭ ފޮނަދޫ އިޖުތިމާއީ މަރުކަޒުގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 11 ޓީމު ބައިވެރިވެފައިވާއިރު، ޓީމުތައް ބަހާލާފައިވަނީ ދެ ގުރޫޕަކަށެވެ. އެގޮތުން، ގުރޫޕު “އޭ” ގައި ހަ ޓީމު ހިމެނޭއިރު، ގުރޫޕު “ބީ” ގައި ހިމެނެނީ ފަސް ޓީމެވެ.

މުބާރާތުގެ ގުރޫޕު “އޭ” ގައި ހިމެނެނީ ބެސްޓް ސްޕޯޓްސް ކްލަބް، ގަން ކައުންސިލް ރެކްރިއޭޝަން ކްލަބް (ޖީސީއާރުސީ)، ލާމު ބްލޫސް، ރަސްހިންނެ ސްޕޯޓްސް ކްލަބް، އަފޭން އަދި މާމެންދޫ ޔުނައިޓެޑެވެ. ގުރޫޕު “ބީ” ގައި ހިމެނެނީ މުންޑޫ ވެޓެރަންސް، ސީއޭސީ ވެޓެރަންސް، ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕް (ކިންގް)، އެވަލީ ސްޕޯޓްސް ކްލަބް އަދި ކަންމަތި ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖަށްފަހު، ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން، މުޅިން އަލަށް ޗެރިޓީ ޝީލްޑް މެޗެއް ކުޅުމަށް ލީޑުން ވަނީ ނިންމާފައެވެ. ހުކުރު ދުވަހުގެ ރޭ ކުޅޭ މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަފޭން އަދި ރަނަރަޕް ކަންމަތި ސްޕޯޓްސް ކްލަބެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޯންސަރަކީ ދި ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ޕީއާރު ޕާޓްނަރަކީ “ލާމު އެމްވީ” އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments