”މުޅި ލާމު ޣައްޒާއާއެކު“ ނަމުގައި ވެހިކަލް ބުރެއް ބާއްވަނީ
"Mulhi laamu Gaza aaeku" namugai vehicle bureh baahvanee

”މުޅި ލާމު ޣައްޒާއާއެކު“ ނަމުގައި ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
”މުޅި ލާމު ޣައްޒާއާ އެކު“ މި ހަރަކާތަކީ ޣައްޒާއާ އެކު ލ.އަތޮޅުގެ ރައްޔިތުން ތިބިކަން ދައްކާލުމަށް، ލ.ގަން އަދި ފޮނަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތަށް ގުޅިގެން ބާއްވާ ޚާއްޞަ ވެހިކަލް ބުރެކެވެ.
މި ވެހިކަލް ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ހަވީރު، ލާމު ލިންކު ރޯޑުގައެވެ. މި ވެހިކަލް ބުރުގެ ރޫޓް އަދި ގަޑިތައް ފަހުން ހިއްސާކުރާނެ ކަމަށް ވަނީ އަންގާފައެވެ. މި ސައިކަލު ބުރުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ގަމު ކައުންސިލުންނާއި ފޮނަދޫ ކައުންސިލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި މަދަނީ ޖަމްޢިއްޔާތަކުން ވަނީ އެދިފައެވެ.