ގަމު ޑަބްލިއުޑީސީގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Gan WDC ge handball mubaaraathugai baiverivumuge furusathu hulhuvaalaifi

ލާމު ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

އެ ކޮމެޓީއިން ބުނީ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށެވެ. އޮންލައިން ފޯމު ވަނީ ގަމު ޑަބްލިއުޑީސީގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ހިއްސާކޮށްފައެވެ.

ހޭންޑްބޯޅައިގެ އިތުރުން ފުޓްސަލް އަދި ވޮލީބޯޅަ ފަދަ ކުޅިވަރުތަކުން އަންހެނުން ކުރިއެރުވުމަށް ގަމު ޑަބްލިއުޑީސީ އިން ސިލްސިލާކޮށް މުބާރާތްތައް ބާއްވަމުން ގެންދެއެވެ. ގަމުގެ އަންހެނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، އެކުވެރިކަން ބަދަހިކުރުމަށް،އެ ކޮމެޓީ އިން މަސައްކަތްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted