ހަމަލާތައް ހުއްޓާލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި

Hamalaathah huhtaalan dhen Israel ge passportgai raahje etherenuvevey gothah faas kohfi

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ހަމަލާތައް ހުއްޓާލަންދެން، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަނިޔާވެރި ގަތުލުއާންމުގެ އަމަލުތަކާ ދެކޮޅަށް އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ކުރުމަށް އަހަރެއްހާ ދުވަސްކުރިން އެމްޑީޕީން ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާލާފައެވެ.   އިމިގްރޭޝަން ގާނޫނު އިސްލާހު ކުރަން

ގިނަ ދުވަސްތަކަކަށް ފަހު މި ބިލު ފާސްކޮށްފައިވާއިރު، ފާސްކުރުމުގެ ކުރިން ބިލަށް ވަނީ ގިނަ އިސްލާހުތަކެއް ގެނެސްފައެވެ. މީގެކުރިން ހުށަހަޅާފައިވާ އިސްލާހަކީ  އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ މީހުންނާއި އިސްރާއީލު ޕާސްޕޯޓު އޮންނަ އެހެން ގައުމެއްގެ މީހުންނަށްވެސް ރާއްޖެ އައުން މަނާވާ ގޮތަށެވެ. ނަމަވެސް، އޭގެ ބަދަލުގައި އިމިގްރޭޝަނުން ހުށަހެޅި އިސްލާހުގައި މަނާކުރަން ހިމަނާފައިވަނީ ހަމައެކަނި އިސްރާއީލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަ މީހުންނެވެ.

މިގޮތަށް އިސްލަހު ގެނައުމުން އިސްރާއީލް ޕާސްޕޯޓާއެކު އެހެން ގައުމުތަކުގެ ޕާސްޕޯޓު ނުވަތަ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެއަށް އެތެރެވެވޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments