ގަން ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

Gan himeneyhen 9 rashehgai Quran hithudhaskuraa meehunge dhafthareh ekulavaalanee

ލ.ގަން ހިމެނޭހެން 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެގޮތުން، އަންނަ މެއި މަހު ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަތޮޅުތެރޭގައި ފެށުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާނެ ރަށްރަށް:
– ހއ. ދިއްދޫ
– ހދ. ކުޅުދުއްފުށި
– ރ. އުނގުފާރު
– ބ. އޭދަފުށި
– އއ. ފެރިދޫ
– ދ. ކުޑަހުވަދޫ
– ގދ ތިނަދޫ
– ލ. ގަން
– ސ. ހިތަދޫ

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގެ ޤުރުއާން މަރުކަޒާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށް ވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސްކުރަމުންދާކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން، އަންނަ މެއި މަހުން ފެށިގެން ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަދޭ ގޮތަށް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި ލ. އިސްދޫ ، ކަލައިދޫގެ ގޮފި ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted