ބީއެމްއެލް އިން ކޮމާރޝިއަލް ޕްރޮޕަޓީ ފައިނޭންސިންގ ތައާރަފްކޮށްފި

BML in commercial property financing tha'aaraf kohfi

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފްކޮށްފިއެވެ.

މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިންގ ލިބޭނެއެވެ. މީގެއިތުރުން، މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ކޮމާޝަލް ޕްރޮޕަރޓީ ފައިނޭންސިންގ ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ. ހަމަމިއާއެކު، މި ފައިނޭންސިންގ އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެކަމަށް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓަރަކްޗަރ އިންވެސްޓްމެންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށްކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments