ސްކޫލްތަކުގެ އެލްކޭޖީ އާއި ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި

schoolthakuge LKG aai grade 1akh vahdhan hulhuvaalaifi

އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ތައުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކަކަށް އަމާޒުކޮށްގެންނެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުގެ ލިންކް އެ ވުޒާރާގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލްތަކަށް އަލަށް ކުދިން ވައްދާނީ އޮންލައިން ފޯޯމް މެދުވެރިކޮށް ކަމަށްވެސް އެ ވުޒާރާއިން ވަނީ ސާފުކޮށްދީފައެވެ.

މި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ރަސްމީކޮށް ހުޅުވާލާފައިވާއިރު، ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޮގަަސްޓް 31 އެވެ. އެހެންކަމުން ބެލެނިވެރިން މި މުއްދަތުގެ ކުރިން ފޯމު ހުށަހެޅުމަށް ސަމާލުކަން ދޭންޖެހެއެވެ.

އެ ވުޒާރާއިން ވަނީ ވީހާ ވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށްވެސް ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments