ފޮނަދޫގެ ދެ ސަރަހައްދެއްގައި މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދަނީ
Fonadhooge dhe sarahahdhehgai monument hadhaidheyne faraatheh hoadhanee

ލ.ފޮނަދޫގެ ދެ ސަރަހައްދެއްގައި މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ފޮނަދޫ ކައުންސިލުން ވަނީ އެ ކައުންސިލުން ފޯރުކޮށްދޭ ޑިޒައިނާ އެއްގޮތަށް އެރަށުގެ ދެ ސަރަހައްދުގައި މޮނިއުމަންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ގެޒެޓްގައި އިއުލާނުކޮށްފައެވެ. އެ ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެެއްގޮތަށް އަމިއްލަ ތަކެތީގައި އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ،
މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ ބިޑު ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 150 ރުފިޔާއެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި އަކީ މެއި 4 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ވަނީ ގެޒެޓްގައި ހިމަނާފައިވެއެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 11 މެއި 2025 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެކަމަށް ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 11 މެއި 2025 (އާދީއްތަ) ދުވަހުގެ 13:30ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފޮނަދޫ ކައުންސިލްގެ މީޓިންގރޫމް ގައެވެ.