އިމިގްރޭޝަނުން 50 އޮފިސަރުން ހޮވުމަށް ވޯކިން އިންޓަވިއު ބާއްވަނީ

Immigrationun 50 officerun hovumah walking interview baahvanee

އިމިގްރޭޝަން މޯލްޑިވްސް އަށް 50 އޮފިސަރުން ނެގުމަށް ވޯކިން އިންޓަވިއު ބޭއްވުމަށް ނިންމައިފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ބުނީ ޤައުމަށް ޚިދުމަތްކުރުމާއި ބޯޑަރުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރަމުންދާ ޚާއްސަ ޓީމާ ގުޅުމަށް މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ. އިމިގްރޭޝަނުން ބުނީ ވޯކިން އިންޓަވިއު އޮންނާނެ ދުވަހަކާއި ގަޑިއެއް ފަހުން އިއުލާނުކުރާނެކަމަށެވެ.

އިމިގްރޭޝަން ޓްރެއިނީ އޮފިސަރުން ނެގުމުގައި ބަލާނެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިޙަނަކުން ދެ މާއްދާއިން މަދުވެގެން “ޑީ” ފާހެއް ޙާޞިލްކޮށްފައިވުމާއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން “ސީ” ފާހެއް ޙާޞިލްކޮށްފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުމެވެ. މީގެއިތުރުން އިއުލާނުކުރާ މުއްދަތު ހަވަމުގެ ކުރިން އުމުރުން 40 އަހަރު ނުފުރޭ މީހަކަށަ ވާން ޖެހެއެވެ.

އިމިގްރޭޝަނުން ބުނީ މިކަމާއި ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން ދުރާލާ ތައްޔާރުވުމަށެވެ. އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓްތައް އިމިގްރޭޝަންގެ ރަސްމީ ޗެނަލްތަކުން ލިބޭނެކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments