ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމަށް 75 މަސައްކަތު މީހުން ހޯދަނީ!

Gamuge bodethi maguthakaai ijuthimaaee sarahahdhuthah saafu kurumah 75 masahkathu meehun hoadhanee!

ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަށް ސާފުކުރުމަށްް 75 މަސައްކަތު މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

ގަމު ކައުންސިލުން ވަނީ ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. ޕޫލްގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ22 މެއި، 14:00 އެވެ.

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 75 ރުފިޔާގެ ރޭޓުން އުޖޫރަ ދިނުމަށް ހަމަޖެހިފައިވާއިރު، ރަމަޟާންމަހު މަސައްކަތު ނުކުންނަ ދުވަހަކަށް ކައުންސިލުން ކަޑައަޅާ ޢަދަދެއްގެ އެލަވެންސްއެއް ލިބޭނެއެވެ. މަސައްކަތްކުރަންޖެހޭނީ ރަސްމީ ބަންދު ދުވަސްތަށް ފިޔަވައި ކައުންސިލުން ކަޑައަޅާ ކޮންމެ ދުވަހެއްގެ ހެނދުނު 2 ގަޑިއިރު އަދި ހަވީރު 2 ގަޑިއިރުގައެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރުފުރި، މަސައްކަތްކުރެވޭވަރުގެ ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެއެވެ.

ކައުންސިލުން މަސައްކަތު ޕޫލެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް މި މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އެގޮތުން، މުޅިން އަލަށް އެކުލަވާލި ޕޫލަށް ބޮޑު ތަރުހީބެއް ލިބި، ޖުމްލަ 100 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި އެއް އަހަރުގެ އެއްބަސްވުން ހަމަވުމާއެކު ކައުންސިލުން ވަނީ އަލުން އިއުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން ރަށުގެ މަގުތައް ރީތިކޮށް ބެލެހެއްޓޭއިރު، މިއީ ވަޒީފާ ނެތް ގިނަ ބަޔަކަށް އާމްދަނީ ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted