ބޮޑުބެރު ޗެލެންޖުގެ “ރިދަމް ބޮޑުބެރު” ގުރޫޕްގެ ފުރަތަމަ ހުށަހެޅުން ހުށަހަޅައިފި

Boduberu challenge ge "rythm boduberu" group ge furathama hushahelhun hushalhaifi

“ބޮޑުބެރު ޗެލެންޖް 2025” ރިދަމް ބޮޑުބެރު ގުރޫޕްގެ ފުރަތަމަ ހުށަހެޅުން ރޭ ހުށަހަޅައިފިއެވެ.

ރޭ މުބާރާތް ފަށާފައިވާއިރު، މުބާރާތުގައި ބައިވެރިވާ 6 ގްރޫޕުގެ ހުށަހެޅުންތައް ކުރިއަށް އޮތް 3 ރޭ ވެސް ހުށަހަޅާނެއެވެ. މުބާރާތް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް ވަކި ވައްތަރެއްގެ ލަވަތައް ހުށަހަޅާ ގޮތަށެވެ. ރޭ ހުރިހާ ގްރޫޕްއަކުން ވެސް ހުށަހެޅީ “ކާށިމަޖާ” ލަވަތަކެވެ. މިރޭ ގްރޫޕްތަކުން ހުށަހަޅާނީ ބަބުރު ލަވަތަކެވެ.

ރިދަމްގެ ލަވަ ހުށަހަޅައިދިނީ، ގުރޫޕްގެ ލީޑް ލަވަކިޔުންތެރިޔާ މުހައްމަދު އަފްސަރު (ދަތްޕި) އެވެ.

ޖަޖުން ދިން ޕޮއިންޓާއެކު މިހާރު ރިދަމް އޮތީ މުޅި މުބާރާތުގެ 3 ވަނައިގައެވެ. އެއް ވަނައިގައި 1438 ބޮޑުބެރު ގުރޫޕް އޮތް އިރު،ދެވައިނަގައި އޮތީ ހޭވައްލާ ބޮޑުބެރު ގުރޫޕެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މުޅި ޖުމުލަ 6 ގުރޫޕެވެ.

މުބާރާތުގައި ގްރޫޕްތަކުން ހުށަހަޅާ ލަވަތަކަށް، ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައިވާއިރު، ޕީއެސްއެމް އެއަރ މެދުވެރިކޮށް ރިދަމް ބޮޑުބެރު ގުރޫޕް އަށް ވޯޓުލެވޭނެއެވެ. ޕީއެސްއެމް އެއަރ އެޕް ފޯނަށް ޑައުންލޯޑުކުރެވޭނެއެވެ.

ރިދަމްގެ އަމާޒަކީ މިއަހަރުގެ މުބާރާތުގެ ފައިނަލާ ހަމަޔަށް ދަތުރުކުރުމެވެ. ތިން ޓީމު ފައިނަލުގައި ވާދަކުރާއިރު، އޭގެ ތެރެއިން ދެ ޓީމު ފައިނަލަށް ދަތުރުކުރާނީ ފަނޑިޔާރުންގެ މާކުހުންނެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ، ބެލުންތެރިންގެ މެދުގައި އެސްއެމްއެސް ކޮށްގެން، އެންމެ ގިނަ ވޯޓު ލިބޭ ގުރޫޕަކަށެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments