ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، އެޕްރޯޗް ސްލެބްގެ މަސައްކަތް ބާރަށް ކުރިއަށް

Gamu bandharu upgrade kurumuge mashroouge bodubai nimi, approch slobge masahkaiy baarah kuriah

ލ. ގަމު ތުނޑި އަވަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީން ހިންގަމުންދާ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މަސައްކަތް ކުރިއަށްދާ މިންވަރު

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބަނދަރުގެ އެޕްރޯޗް ސްލެބް ކޮންކްރީޓް ކުރުމާއި، އެއްގަމުތޮށީގެ ކޮންކްރީޓް ކެޕިންގ އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 24.71 މިލިއަން ރުފިޔާ އެވެ.

މަޝްރޫޢުގެ މައިގަނޑު ބައިތައް

ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހިމެނޭ މައިގަނޑު މަސައްކަތްތަކަކީ:

  • 360 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮށި ލުން
  • 310 މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް ގަލުގެ އެއްގަމުތޮށި ލުން
  • 2،501 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް އެޅުން
  • ބްރިޖެއް އެޅުމާއި، މަގުބައްތި އަދި ނެރުބައްތި ހަރުކުރުން

ކައުންސިލްގެ އިތުރު ހުށަހެޅުންތައް

ބަނދަރުގެ މައިގަނޑު މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާއިރު، ގަމު ކައުންސިލުން ވަނީ ރަށުގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ފައިދާވާނެ އިތުރު ބަދަލުތަކެއް ގެނައުމަށް އެދިފައެވެ. އޭގެ ތެރޭގައި ޔޮޓް މެރީނާއަކަށް ޖާގަ ކަނޑައެޅުމާއި، ބޭރު ފަރާތުން ޚާއްޞަ ނެރެއް ފުންކުރުމުގެ އިތުރުން ބަނދަރު ސަރަޙައްދު ގިރުމުން ސަލާމަތްކުރުމަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted