ގަން ޕްރޮމޯޓްކުރުމަށް ގަމު ކައުންސިލާއި ލާމުއެމްވީ އެއްބަސްވުމަކަށް

Gan promote kurumah gamu councilaai laamu mv ehbasvumakah

ލ.ގަމުގެ ތަރައްގީގެ މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުމަށާއި ރަށް ޕްރޮމޯޓްކުރުމަށް ގަމު ކައުންސިލާއި ލާމުއެމްވީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ،

މި އެއްބަސްވުމުގެ ދަށުން، ރަށުގެ އެކި މުއައްސަސާތަކުން ކުރިއަށްގެންދާ ހަރަކާތްތަކާއި، ކުރާ މުހިއްމު މަސައްކަތްތަކުގެ ހަބަރު ލާމުއެމްވީ އިން ގެނެސްދޭނެއެވެ. މީގެއިތުރުން، ރަށް ޕްރޮމޯޓްކުރުމަށް އާޓިކަލް ޝާއިއުކުރުމާއި، ވީޑީއޯ އަދި ފޮޓޯ ޝާއިއުކުރާނެއެވެ، އަދި ރަށަށް ރީތި ނަން ހޯދާދީފައިވާ ފަރާތްތަކާއި ފާހަގަކޮށްލެވޭ ހާއްސަ ފަރާތްތަކުގެ އަގުވަޒަންކުރުމަށް އާޓިކަލް އަދި ވީޑިއޯ ތައްޔާރުކުރުން ހިމެނެެއެވެ.

މި އެއްބަސްވުމުގެ ލާމުއެމްވީގެ ފަރާތުން ސޮއިކުރީ ލާމުއެމްވީގެ ފައުންޑަރ ޔޫސުފް ހަލީލް އެވެ. އަދި ލ.ގަމު ކައުންސިލްގެ ފަރާތުން ސޮއިކުރީ ކައުންސިލުގެ ރައީސް އަހުމަދު ޒަކީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted