ބޮޑު އީދާ ދިމާކޮށް އެންމެ ޑިމާންޑު ބޮޑީ ލާމަށް!

Bodu eid aa dhimaakoh enme demand bodee laamah!

ބޮޑު އީދު ބަންދާ ދިމާކޮށް ގައުމީ އެއަރލައިން މޯލްޑިވިއަން އިން އިތުރު 111 ފްލައިޓް ހަމަޖެއްސުމަށް ނިންމައިފިއެވެ.

އައިލެންޑް އޭވިއަޝުން ބުނީ މޯލްޑިވިއަން އިން ދަތުރުކުރާ ހުރިހާ މަންޒިލަކަށް ވެސް މި މަހުގެ 1 އިން 9 އަށް ދަތުރުތައް އިތުރު ކޮށްފައިވާ ވާނެ ކަމަށެވެ. މޯލްޑިވިއަނުން ބުނީ މިފަހަރުގެ އީދުގެ ބަންދާ ދިމާކޮށް އެންމެ ގިނަ ދަތުރުކުރަނީ ލ.ކައްދުއަށް ކަމަށެވެ.

މޯލްޑިވިއަނުން ކައްދުއަށް ފްލައިޓްތައް އިތުރުކޮށްފައިވަނީ ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ރަށްތަކުގައި ލ.ގަން ހިމެނޭއިރު، މާލެ އިން ކައްދޫއަށް ދަތުރުކުރާ ފްލައިޓްތަކުން ޖާގަ ނުލިބޭތީ ގިނަ ބަޔަކު ކަންބޮނޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ޓިކެޓްތައް ފުލްވެގެން ގިނަ ބަޔަކު ކަނޑުމަގުން ވެސް ދަނީ ލާމަށް ޒިޔާރަތްކުރަމުންނެވެ.

ކޮންމެ އަހަރަކުވެސް އީދު ބަންދުތަކާއި ދިމާކޮށް މޯލްޑިވިއަނުން ޑިމާންޑަށް ބަލައިގެން ފްލައިޓްތައް އިތުރުކުރެއެވެ.

މިފަހަރު އީދަށް އެންމެ ޑިމާންޑް ބޮޑީ ލ.ގަން ކަމަށް ވާއިރު، ގަމު ކައުންސިލުން ވަނީ މުޅި ރާއްޖެއަށް ހުޅުވާލއިގެން ބައިބަލާ މުބާރާތެއް ވެސް ބޭއްވުމަށް ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގެ މަޝްހޫރު ބައިބަލާ ކުޅުންތެރިން ދަނީ ޒިޔާރާތްކުރަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments