މާލި ޕެރޭޑު ފަދަ ގިނަ ކުޅިވަރުތަކާއެކު “އިސްދޫ އީދު އުފާ” ތާވަލު އާންމުކޮށްފި

Maali parade fadha gina kulhivaru thakaaeku "Isdhoo ufaa" thaavalu aanmukohfi

މާލި ޕެރޭޑު ފަދަ ގިނަ ކުޅިވަރުތަކާއެކު “އިސްދޫ އީދު އުފާ” ތާވަލު އާންމުކޮށްފިއެވެ.

އެގޮތުން، ބޮޮޑު އީދު ކުޅިވަރުތައް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ވަނީ އީދު ވެދުމާއި ދިޔުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މިރޭ އީދު ހުޅުރޯކޮށްފައިވާއިރު، މާދަމާ ވެސް ތަފާތު އެކި ގިނަ ކުޅިވަރުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާއިރު، އީދު ސަޔަށް ފަހު އޮތީ ސައިކަލްބުރެކެވެ. އެދުވަހު ހަވީރު ވަނީ އިސްރަށްވެހިންނާއި ކުޑަކުދިންގެ ހަވީރެެއް ބޭއްވުމަށް ތާވަލުކޮށްފައެވެ،

އީދުގެ ދެވަނަ ދުވަހގެ ހެނދުނުު ކަނބަލުންގެ ބަށި މުބާޜާތް އަދި ކޯޑި ތައްޔާރުކުރުން އޮންނާނެއެވެ. އެއަށްފަހު ފުޅަނދުބުރރާއި ކޯޑި ޖެހުން ހަވީރުގައި ބާއްވާއިރު، ރޭގަނޑުގައި އޮތީ ވޮލީ އަދި ވާދެމުގެ މުބާރާތެކެވެ.

ތިންވަނަ ދުވަހުގެ ހެނދުނު ކޯޑިބެ ހޯދުމާއިއަދަބު ދިނުން ހެނދުނުގައި ކުރިއަށްގެންދާއިރު، މެންދުރުފަހު ކޯޑިބެ ގެޔަށް ގެންދިޔުމާއި އަދި ބަށި މުބާރާތެއް އޮންނާނެއެވެ.  ތިންވަނަ ދުވަހުގެ ރޭ އޮންނާނީ އަންހެނުންނާއި ފިރިހެނުންގެ ވޮލީ އަދި ވާދެމުގެ މުބާރާތެކެވެ.

އީދު ހަތަރުވަނަ ދުވަހުގައި ބޮޑުމަހުގެ ތައްޔާރީތަކާއި ބޮޑުމަސް ދުއްވުން އޮންނައިރު އެންމެ ފަހު އީދު ދުވަހުގައި މާލި ޕެރޭޑް އަދި މަސްެރޭސް ބޭއްވުމަށް ވަނީ ނިންމާފައެވެ. މީގެއިިތުރުން އީދުގެ އެންމެ ފަހު ދުވަހުގެ ރޭ މަސްރޭހުގެ ނަތީޖާ ފާޅުކުރުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުންގެ ބޮޑު ސަޕްރައިޒް ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހަމަމިއާއެކު، އީދު ނިންމުމުގެ ގޮތުން ރައްޔިތުންގެ ބޮޑު ބާބެކިއު ނަމުގައި ބާބެކިއުއެއް ބޭއްވުމަަށް ވެސް ވަނީ ނިންމާފައެވެ. ބާބެކިއު އޮންނާނީ ޖޫންް 11 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments