މުކުރިމަގު އަންޑަގްރައުންޑް ފައިނަލަށް، ސެމީ ގައި ގޯޅި އާއި ފިނޮޅުގެ ކުރިމަތިލުމެއް

Mukurimagu Underground final ah, Semi gai Goalhi aai Finolhuge kurimathilumeh

ގަމު ކައުންސިލް ބައިބަލާ ޗެލެންޖުގައި މިރޭ ފިނޮޅު ސްޕޯޓްސް ކްލަބް ބަލިކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ މުކުރިމަގު އަންޑަގްރައުންޑުން ހޯދައިފިއެވެ.

މުކުރިމަގު އަންޑަގްރައުންޑުން ފައިނަލުގެ ޖާގަ ހޯދާފައިވަނީ ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކުއެވެ. އެގޮތުން، މިރޭ އެ ޓީމުން ވަނީ ސީދާ ދެ ގޭމުން ފިނޮޅު އެސްސީގެ މައްޗަށް ކުރިހޯދާފައެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފޮއެމަތި ސްޕޯޓްސް ކްލަބާއި މުކުރިމަގު ނިއު ޖެނެރޭޝަން އެވެ. ކޮންމެ ޓީމަކުން އެއް ގޭމު ކާމިޔާބުކުރުމާއެކު މި މެޗު ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ގަދަހިފުން ކާމިޔާބުކޮށް، ފޮއެމަތިން ވަނީ މުކުރިމަގު ނިއު ޖެނެރޭޝަންގެ މައްޗަށް ކުރިހޯދާފައެވެ.

މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފިނޮޅާއި ގޯޅި ސްޕޯޓްސް ކްލަބެވެ. ގޯޅިން މިރޭ ދެ މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ސީދާ ދެ ގޭމުން ޔުނައިޓެޑް ފިނޮޅު ބަލިކޮށްފައެވެ. އަދި މިރޭގެ ފަހު މެޗުގައި އެ ޓީމުން ވަނީ ފަސޭހަކަމާއެކު ދެ ގޭމުން ފޮއެމަތި ބަލިކޮށްފައެވެ.

މާދަމާ ރޭގެ ސެމީ ފައިނަލުގައި ގޯޅި އާއި ފިނޮޅު އެސްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗުވެސް ކުޅޭނީ މާދަމާ ރޭގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted