ޖުމުލަ 5 ޓީމާއެކު ގަމު ކައުންސިލްގެ ބަށި ބޯޅަ މުބާރާތް މާދަމާ ފަށަނީ

Jumula 5 team aa eku gamu council ge bashi boalha mubaaraiy maadhamaa fashanee

މުޅި ޖުމުލަ 5 ޓީމާއެެކު ގަމު ކައުންސިލްގެ ބަށި ބޯޅަ މުބާރާތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގަމު ކައުންސިލާއި ނޭޝަނަލް ބަށި ބޯލް އެސޯސިއޭޝަންއާ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ މުޅި ޖުމުލަ 5 ޓީމެވެ. އެއީ، އައިލެންޑް ޔޫތު ޔުނައިޓެޑް، ކާމިނީ ބަށި ޓީމު، މާހިންނަ ބަށި ޓީމު، ބެސްޓު ގާލްސް އަދި ބެސްޓް ޓީމެވެ. މިއީ ހަމައެކަނި ގަމަށް ނިސްބަތްވާ ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު އޮތީ މާދަމާ ހަވީރު 16:00 ގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އައިލެންޑް ޔޫތު ޔުނައިޓެޑް އަދި ކާމިނީ ބަށި ޓީމެވެ.

ލ.ގަމަކީ ގިނަ އަދަދެއްގެ ބަށި ކުޅުންތެރިން ތިބި ، ބަށީގައި ފާހަގަކޮށްލެވޭ ރަށެކެވެ. އަދި ގަމުގެ ބަށި ކުޅުންތެރިން ވަނީ ރަށް ތަމްސީލުކޮށްގެން ގައުމީ ފެންވަރުގައި ރަން ވަނަތައް ހާސިލްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments