ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުނު ކަމުގައި ވިއަސް އަސާސީ ބާވަތްތައް ދަތިކަމެއް ނެތި ލިބޭނެ: ސަރުކާރު

Theluge agu dhuniyeyge baazaarugai ufulunu kamugai viyas, asaasee baavaiy thah dhathi kameh nethi libeyne: Sarukaaru

މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެޔޮގެ އަގު އުފުލުނު ކަމުގައި ވިއަސް،  އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކާއި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ބާވަތްތައް ދަތިކަމެއްނެތި ރާއްޖޭގެ ބާޒާރުން ލިބެންހުންނާނެކަމުގެ ޔަގީން ކަން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފެއްދެވި ހާއްސަ ވަޒީރުންގެ ކޮމެޓީ އިން ހާމަކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުމާއެކު ދިވެހިރާއްޖެއަށް މުދާ ގެނެވޭނެ އިތުރު ބާޒާރުތައް ދެނެގަތުމަށް ޚާރިޒީ ވުޒާރާއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކުން މިހާރުވެސް އިތުރު މަގުތަކެއް ހަމަޖެހި، ސަޕްލައި ކަށަވަރުކުރެވިފައިވާ ކަމަށެވެ.އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ޤައުމުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ހަމަމިއާއެކު، ފިނޭންސް މިނިސްޓަރު ހާމަކުރި ގޮތުގައި،ސަރުކާރުގެ އަމާޒަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށާ، ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިނުވެ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާނެ ކަމަށެވެ.

އެގޮތުން، މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހިރާސްތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމުގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގަވާފައި ވީ ނަމަވެސް، އެކަން ކުރިއަށްދާނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމުގެ ޔަޤީންކަންވެސް ކޮމިޓީން ވަނީ ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments