ވަޖުދާ ހިމެނޭހެން މީޑިއާ ކައުންސިލަށް ތިން މެންބަރަކު އިންތިހާބުކޮށްފި

Wajudha himeyneyhen media council ah 3 member aku inthihaabukohfi

މޯލްޑިވްސް މީޑިއާ ކައުންސިލަށް ތިން މެންބަރަކު މިއަދު އިންތިހާބުކޮށްފިއެވެ.

މިއަދު ބޭއްވި މި އިންތިހާބު ކާމިޔާބު ކުރީ ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިނު ނާޒިމާއި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރެވެ. އާންމު މެންބަރުންގެ މަގާމަށް ހޮވިވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ލ.ގަމު ތުނޑި، ލިންކު، ހައްވާ ވަޖުދާއެވެ.

ވަޖުދާ އިންތިހާބުވެފައިވަނީ 38 ވޯޓުންނެވެ. މީޑިއާ ކައުންސިލް ބައި-އިލެކްޝަން މިއަދު ބޭއްވީ ކައުންސިލްގެ ތިން މެންބަރުންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ. އެގޮތުން، މިއަދު ބޭއްވި އިންތިހާބުގައި 53 މީޑިއާއަކުންވަނީ ވޯޓުލާފައެވެ.

ވަޖުދާ އަކީ ޕަބްލިކް ރިލޭޝަންސް އަދި ހިޔުމަން ރައިޓްސް ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. މީގެއިތުރުން، އޭނާ ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ގަމު ކެމްޕަހުގެ މެނޭޖަރގެ މަގާމުވެސް އަދާކުރައްވާފައެވެ. މިވަގުތު ވަޖުދާ މަސައްކަތް ކުރަނީ ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައެވެ. އޭނާ ކިޔަވައިދެނީ ޕީއާރު އަދި މީޑިއާ ދާއިރާގެ ކޯސްތަކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted