2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް ސޯލިހު ނިންމަވަފައިފި

2028 vana aharuge riyaasee inthihaabugai vaadha kurahvan kureege raees Solih nimmavaifi

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނޭ ކަން އިއުލާނުކޮށްފައިވަނީ އެމްޑީޕީގެ ބޭފުޅުންނަށް އެމަނިކުފާނު ދެއްވި ފަރިއްކޮޅެއްގެ ތެރެއިންނެވެ.

ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދުމުގެ ޝައުޤާއެކު ކުރީގެ ރައީސް މުހަައްމަދު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމަވާފައެވެ. އެހެންނަމަަވެސް، ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ. މިރޭ މާލޭ ސަލްޓަން ޕާކުގައި އޮންނަ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވަން ވަނީ ހަމަޖެހިފައެވެ.

ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted