ރާއްޖޭގައި އަންހެން ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ފީފާއިން އަންގައިފި

Raajjeygai anhen football mubaaraatheh beyhvumah fifa in angaifi

ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ފީފާ އިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންގައިފިއެވެ.

އެފްއޭއެމްގެ ކޮންގްރެސްގައި އެއް އަހަރު ދުވަހުގެ ތެރޭގައި އަންހެނުންގެ މުބާރާތެއްގެ ރޭވުންތައް އެކުލަވާލައި، ކޮންގްރެސްއަށް ހުށަހަޅައި ފާސްކުރަންޖެހޭ ކަމަށް ވަނީ އަންގާފައެވެ. ފީފާއިން އަލަށް އެލުލަވާލާފައިވާ ގަވާއިދުގެ ދަށުން، އަންހެން ގައުމީ ޓީމުން އަހަރަކު މަދުވެގެން ތިން މެޗު ކުޅެން ޖެހޭނެއެވެ. އަދި މި މެޗުތައް ނުކުޅެފިނަމަ، ބަޖެޓުން ބައެއް ހިފެހެއްޓުމުގެ ބާރު ފީފާއަށް ލިބެއެވެ.

ފީފާ އިން ވަނީ މިއަހަރު ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ނުބާއްވައިފިނަމަ ބަޖެޓު ހިފަހައްޓާނެކަމުގެ އިންޒާރުވެސް ދީފައެވެ. އެފްއޭއެމް އިން އެންމެ ފަހުން އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވީ 2015 ވަނަ އަހަރުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted