ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް މި މަހުގެ 13 ގައި ފަށަނީ

Jozy MV Futsal Challenge mi mahuge 13 gai fashany

ހައްދުންމަތީ ހިތަދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2025” މި މަހުގެ 13 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

މުޅި ލ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ލ.އަތޮޅުގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ ފޯކަސް ސްޕޯޓްސް ކްލަބް، ބީޖީއެސްސީ، ޖީޖީއެސްސީ، ބީޖީ ސްޕޯޓްސް ކްލަބް، ބެންޗް ބްރަދާސް، ސްކުއިޑޯ، ހައިޑްރާ އަދި ކުނަހަނދޫ އެފްޓީ އެވެ.

މުބާރާތުގެ ޓީމު ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 8 ވަނަ ދުވަހެވެ. އަދި ގުރު ނަގާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ކުޅެވޭނީ ހަމައެކަނި ލ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. ނަމަވެސް، ކޮންމެ ޓީމެއްގައި އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނިދާނެއެވެ.

މި މުބާރާތަކީ ޖޮޒީގެ ފަރާތުން ބާއްވާ މިފަދަ ތިންވަނަ މުބާރާތެވެ. 2023 ވަނަ އަހަރު މުޅިން އަލަށް މި މުބާރާތް ބޭއްވިއިރު، އެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ޖޮޒީ އިން ވަނީ ނިންމާފައެވެ.

ކުރީ މުބާރާތްތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުންވެސް ރާއްޖޭގެ މަޝްހޫރު ގިނަ ފުޓްސަލް ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެތެރޭގައި އަލީ ހާފިޒް (ހާއްޕެ)، ޖުނެއިދު އަބްދުﷲ (ޖޭންނެ)، ހުސައިން ޝަރީފް (އޮންލީ)، އިސްމާއިލް ވަޖީހު (ވައްޖެ)، އިބްރާހިމް އަސްވަދު (ގަބޭ)، އަހުމަދު އަޖުވަދު (އަޖޭ) އަދި އަލީ ހުމޭޒު ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments