ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕަށް ހުށަހެޅުމަށް ހުޅުވާލައިފި

Raees dhehvaa haahsa scholarship aai high achievers scholarship ah hushahelhumah hulhuvaalaifi

ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕް އަދި ހައި އެޗީވާސް ސްކޮލަރޝިޕްއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުތައް ހުޅުވާލާފައިވަނީ މިއަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށެވެ. މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުން އޭލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވާރސް ސްކޮލަރޝިޕް ލިބޭކަމަށް ތައުލީމީ ވުޒާރާއިން ލިޔުން ކަނޑައަޅައި، ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް ވަނީ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލާފައެވެ.

ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ އޭލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމު މާއްދާ ހިމެނޭހެން 5 މާއްދާއިން “އޭ ސްޓަރ” ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންނެވެ. އަދި އެ ޝަރުތު ހަމަވާ ދަރިވަރުންނަށް މަަތީ ތައުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ހައި އެޗީވާސް ސްކޮލަރޝިޕަށް ޝަރުތު ހަމަވާނީ މަތީ ސާނަވީ  އޭ ލެވެލް އިމްތިހާނުން ދިވެއްސާއި އިސްލާމް މާއްދާ ހިމެނޭހެން 5 މާއްދާއިން “އޭ” ހޯދާފައިވުމާއެކު އޯ ލެވެލް އިމްތިހާން ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވުމުންނެވެ.މި ޝަރުތުތައް ހަމަވާ ދަރިވަރުންވެސް ސްކޮލަރޝިޕްއަށް އެދި ހުށަހަޅާނީ މަތީ ތައުލީމާ ބެހޭ ވުޒާރާގެ ވެބްސައިޓުންނެވެ.

އެ ވުޒާރާއިން ވަނީ ހައި އެޗީވާރސް ސްކޮލަރޝިޕް އަށް ހުށަހެޅޭ ދާއިރާތައް އާންމުކޮށްފައެވެ.ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ފުރުސަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކުންނެވެ.’މައިއެޑިއު’ ޕޯޓަލް މެދުވެރިކޮށް ސްކޮލަރޝިޕްތަަކަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މި ސްކޮލަރޝިޕްތަކުގައި ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެއެެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments