ސެޕްޓެމްބަރު މަހު އުމްރާއަށް ރަޖިސްޓްރީވުމަށް ހައްޖު ކޯޕަރޭޝަން އިން ހުޅުވާލައިފި

September mahu umrah ah registry vumah hajj cooperation in hulhuvaalaifi

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އުމްރާއަށް ރަޖިސްޓަރީވުމުގެ ފުރުސަތު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ހުޅުވާލައިފިއެވެ.

ސެޕްޓެންބަރު އުމްރާގެ ފޯމު ބަލައިގަތުމުގެ ސުންގަޑި އަކީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:00 އެވެ. ހައްޖު ކޯޕަރޭޝަން އިން އުމްރާ ޕެކޭޖްގެ ދަށުން ގިނަ ހިދުމަތްތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.

ހައްޖު ކޯޕަރޭޝަން އުމްރާ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭ ހިދުމަތްތައް:

  • އުމްރާ ވިސާ
  • އެއާލައިން ދެކޮޅު ޓިކެޓް
  • 5 ލީޓަރުގެ ޒަމް ޒަމް ފެން ފުޅިއެއް
  • ލޮކޭޝަން ޓްރެކިންގް ޑިވައިސް
  • 3 އުމްރާ
  • ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް
  • ބަގީގެ ހިދުމަތް
  • ލޯންޑްރީގެ ހިދުމަތް
  • މަދީނާ ދަތުރު ހައިސްޕީޑް ރޭލުގައި
  • 24 ގަޑިއިރުގެ ކްލިނިކްގެ ހިދުމަތް (ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއެކު)
  • މީރު ދިވެހި ކެއުން
  • އުމްރާ ކިޓް (ފޮށި، އަތްދަބަސް، އިހްރާމް، އުމްރާ ދުއާ ކާޑް، އުމްރާ އަތްމަތީ ފޮތް، ފައިވާންލާ ކޮތަޅު، ޓޮއިލެޓްރީ ބޭގް)
  • މައްކާ އަދި މަދީނާގެ ޒިޔާރަތް ދަތުރު
  • ދީނީ އިލްމުވެރިންގެ ދަރުސްތަކާއި އިރުޝާދު
  • އުމްރާ ޓްރެއިނިންގް
  • އުމްރާ ވުމުގައި އެހީތެރިކަން ފޯރުކޮށްދިނުންހައްޖު ކޯޕަރޭޝަން އިން ވަނީ ސެޕްޓެމްބަރު މަހަށް ހާއްސަ ދެ ޕެކޭޖެއް ތައްޔާރުކޮށްފައެވެ. އެއީ،  12 ދުވަހުގެ ޕެކޭޖަކާއި 15 ދުވަހުގެ ޕެކޭޖެކެވެ. 12 ދުވަހުގެ ޕެޖޭކްގެ އަގަކީ 28،965 ރުފިޔާ އެވެ. އަދި  15 ދުވަހުގެ ޕެކޭޖްގެ އަގަކީ 29،965 ރުފިޔާ އެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނަން ނޯޓު ކުރެއްވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9482292 ނުވަތަ 1435 އަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments