މާބައިދޫގެ ޓޫރިޒަމް ވިލެޖް ސަރަހައްދުން ގެސްޓްހައުސް ވިޔަފާރި އަށް ބިން ދޫކުރުނީ
Maabaidhoo Tourism Village sarahahdhun guesthouse viyafaari ah bin dhookurany

ލ.މާބައިދޫގެ ޓޫރިޒަމް ވިލެޖް ސަރަހައްދުން ގެސްޓްހައުސް ވިޔަފާރި އަށް ބިން ދޫކުރުމަށް އިއުލާނުކޮށްފިއެވެ.
މާބާއިދޫ ކައުންސިލުން ވަނީ ގެސްޓްހައުސް ވިޔަފާރި އަށް ދެ ބިމެއް ކުއްޔަށް ދޫކުރުމަށް ގެޒެޓްކޮށްފައެވެ. އެއީ 5000 އަކަފޫޓްގެ ބިމަކާއި 6000 އަކަފޫޓްގެ ބިމެކެވެ. މި ދެބިމަކީވެސް 35 އަހަރުގެ މުއްދަތަށް ދޫކުރާ ދެބިމެވެ.
މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިިޑު ހުށަހަޅައިގެންނެވެ. ބިޑް ފޮތެއްގެ އަގަކީ 3000 ރުފިޔާއެވެ. ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް 50000.00 ރ. ( ފަންސާސް ހާސް ރުފިޔާ ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހެޅުން ލާޒިމުވާނެކަމަށް ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވެއެވެ. މި ބިޑް ސެކިއުރިޓީއަކީ ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ގަބޫލްކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 40 ( ސާޅީސް) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެ ގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވެސް ވާންޖެހެއެވެ.
ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2025 އިން 30 ޖުލައި 2025 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް އެރަށު ކައުންސިލް އިދާރާއިންނެވެ. ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހު 21 ވަނަ ދުވަހު 11:00 ގައެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު މާބާއިދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުން ލިބޭނެއެވެ.